ރައީސް ޔާމީނުގެ ކެންޕޭނަށް ޚަރަދުކުރަން ދިން ފައިސާއިން މަޖިލިސް މެންބަރުން ވައްކަންކުރިކަމަށް ތުހުމަތުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރައީސް ޔާމީނުގެ ކެންޕޭނަށް ޚަރަދުކުރަން ދިން ފައިސާއިން މަޖިލިސް މެންބަރުން ވައްކަންކުރިކަމަށް ތުހުމަތުކޮށްފި
ރައީސް ޔާމީނުގެ ކެންޕޭނަށް ޚަރަދުކުރަން ދިން ފައިސާއިން ޕީޕީއެމްގެ މަޖިލިސް މެންބަރުން ވައްކަންކުރިކަމަށް ތުހުމަތުކޮށްފިއެވެ.

ރުމާލު2 އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ޚަރަދުކުރަން ދިން ފައިސާ، ބައެއް މަޖިލިސް މެންބަރުން ވަގަށް ނަގާފައިވާ ކަމަށެވެ. އެގޮތުން ކެންޕޭނުގެ އެންމެ ފަހު ހަފްތާގައިވެސް މެންބަރަކު 2 މިލިއަން ރުފިޔާ ޑޮލަރަށް ބަދަލުކުރި ކަމަށާއި އެ ފައިސާ ބޭރު އެކައުންޓަކަށް ޖަމާކޮށްފައިވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ޔާމީނަށް ލިބޭނެ ކަމަށް ޕީޕީއެމުން ލަފާކުރި ވޯޓު އަންދާޒާކޮށްފައިވަނީ މިފަދަ މީހުން ދިން މައުލޫމާތައް ބަލައިގެން ކަމަށް ޤަބޫލުކުރެވޭއިރު ރައީސް ޔާމީނުގެ ހިސާބު ހަމަ އެއްގޮތަކަށްވެސް ދިމާ ނުވާނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. ވޯޓުގެ ނަތީޖާ ޤަބޫލުފުޅު ނުކުރެއްވުނު އެންމެ ބޮޑު އެއް ސަބަބަކީވެސް މިފަދަ ވައްކަންތައް ކަމަށްވުމަކީ ގާތްކަމެކެވެ.





މިއަދު އޮންލައިން