ނަހަލާލު ފައިސާ ގެއަށް ވެއްދި މީހުންނަށް މާފު ދިނުމެއް ނެތް - ގެއްލެނީ ރައްޔިތުންގެ ޙައްޤު ކަމަށްވާތީ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަހަލާލު ފައިސާ ގެއަށް ވެއްދި މީހުންނަށް މާފު ދިނުމެއް ނެތް - ގެއްލެނީ ރައްޔިތުންގެ ޙައްޤު ކަމަށްވާތީ!: ޝައިޚް ޢަލީ ޒައިދު
ނަހަލާލް ފައިސާ އަމިއްލަ ގެއަށް ވެއްދިކަމަށް ސަރުކާރުގެ އެއްވެސް މުވައްޒިފަކު ބުނެފައިވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެފަދަ ކަންކަމުގައި މަޢާފު ދިނުމަށް އިސްލާމް ދީނަކު ބާރެއް ނުއަޅާ ކަމަށާއި ގެއްލެނީ ރައްޔިތުންގެ ޙައްޤު ކަމަށްވާތީ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓުން އިއްޔެ ނިންމުމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ބޮޑުވެގެންވާ މުޞީބާތަކުން ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތް ވެއްޖެ ކަމަށެވެ. "ޙަމްދާއި ޝުކުރު ހުރީ ﷲ ތަޢާލާއަށް! ފަށްފަށުން އެކަލާނގެއަށް ޙަމްދުހުރި."







މިއަދު އޮންލައިން