ނޮވެމްބަރު 11 ވަނަ ދުވަހު ރާއްޖޭގައި އެކުލަވައިލާ އައު ސަރުކާރުގެ ފުރަތަމަ މަސްއޫލިއްޔަކަށް ވާންޖެހޭނީ ޖޫޑިޝަރީ އިޞްލާޙްކުރުން ކަމަށް ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޙުސައިން ޝަމީމް ވިދާޅުވީ ޖޫޑިޝަރީ އާއިއެކު ޑީލްތައް ހެދުމަކީ ޖޫޑިޝަރީ އިޞްލާޙްކުރުމަށް އޮތް ޙައްލެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޖޫޑިޝަރީ އާއި މަޝްވަރާ ކުރުމަކީ ވެސް އޮތް ކަމެއް ކަމަށާއި ނަމަވެސް އެކަމުން ޙަޤީޤީ "މޭވާއެއް" ނުލިބޭނެ ކަމަށާއި ޙައްލަކީ މިނިވަން ޖޫޑިޝަރީއެއް ލިބުން ކަމަށެވެ.
މިފަދަ މޭރުމަކުން ޤާނޫނީ ވަކީލް ދިޔާނާ ސަޢީދުވެސް ވަނީ ވިދާޅުވެފައެވެ.
މިހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ދިޔާނާ ވިދާޅުވީ އަދި ފެންނަމުން މިދަނީ ޖޫޑިޝަރީ އިޞްލާޙްވާ މަންޒަރުކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "އަންބޮޑިއަށް އިންޞާފު ޖަހައިގެން ވައިޖެހޭ އަތަކަށް މަޝްވަރާކުރަމުން އެތިއެތިކޮޅުން އިންޞާފު ދިނުމަކީ އިންޞާފުގެ މަގަށް ޤައުމު ބަދަލުވުމެއް ނޫން" ކަމަށެވެ. އަދި ރާއްޖޭގައި އިންޞާފު ކަށަވަރު ކުރެވޭނީ ކޯޓުތައް އިޞްލާޙުކުރެވިގެން ކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ޤާނޫނީ ވަކީލުގެ ގޮތުގައި މިހާރު ގނަ ބައަކު ބަލައިގެންފައިވާ ޙުސައިން ޙުސައިން ވިދާޅުވެފައިވަނީ ކޯޓުތަކުން އިންޞާފު ލިބެން ފެށުމަކީވެސް ލިބުނު ކުރިއެރުމެއް ކަމަށާއި މަސައްކަތް ކުރަންވީ އިންޞާފު ލިބޭކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ކަމަށެވެ.
Watching @Raajje_tv, I respectfully disagree with @MJameelAhmed Sir. First (& most important) thing the new gov should do is to reform the judiciary, not going after the corrupt deals. That too is important, but it won't bear any fruit unless we have an independent judiciary.
— Hussain Shameem (@HuShameem) October 22, 2018