ކޮންމެ މީހަކު ކުރި ކަމެއް ނަމަވެސް ރަނގަޅު ކަންތައް ވާނީ ރަނގަޅު ކަންތަކަށް ކަމަށާއި އަދި ކޮންމެ މީހަކު ކުރި ކަމެއް ނަމަވެސް ގޯސް ކަންތައް ވާނީ ގޯސް ކަންތަކަށް ކަމަށާއި މި ޙަޤީޤަތް ޤަބޫލުނުކޮށް ބޮޑާ ހޭކުމަކީ އެމީހެއްގެ ޒަމީރު މަރުވެފައިވުން، ނުވަތަ ބުއްދި ސަލާމަތުން ނެތުން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
މާނައަކީ މީހަކު ކަމެއް ކުރުމުން އެކަން ކުރި މީހާއަށް ނުބެލުމެވެ. އެމީހާ ކުރީ ޤައުމަށާއި މުޖުތަމައުއަށް ނުވަތަ ފަރުދަކަށް ނަމަވެސް ފައިދާހުރި ކަމެއް ނަމަ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމެވެ. މީހަކު ބަހެއް ބުނުމުން ބަސް ބުނި މީހާއަށް ނުބަލައި ބުނި ބަހަށް ބަލަން އޮންނަ ފަދައިންނެވެ.
"ކޮންމެ މީހަކު ކުރި ކަމެއް ކަމުގައިވިޔަސް ރަނގަޅު ކަންތައް ވާނީ ރަނގަޅު ކަންތަކަށް. އަދި ގޯސް ކަންތައް ވާނީ ގޯސް ކަންތަކަށް. މި ޙަޤީޤަތް ޤަބޫލުނުކޮށް ބޮޑާ ހޭކުމަކީ އެމީހެއްގެ ޒަމީރު މަރުވެފައިވުން، ނުވަތަ ބުއްދި ސަލާމަތުން ނެތުން."
ޔާ ﷲ! އަޅަމެންންކީ މިފަދަ ބައެއް ކަމުގައި ނުލައްވަވާނދޭވެ!. އާމީން."
Komme meehaku kurikamugaiviyas rangalhu kanthahvaanee rangalhu kanthakah adhi goaskanthavanee goaskanthakah
— Ilyas Hussain (@ilyaasipa) October 23, 2018
mi hageegah Qaboolu nukoh
bodaaheykumakee
a meehegge zameeru maruvefaivun nuvatha budhdhi salamathun nethun
Yaa Allah alhamennakee mifadha baekkamugai nulavvandheve! Ameen