ޝައިޚް އިމްރާންގެ މައްޗަށް ކޮށްފަވާ ޙުކުމްގެ މައްސަލަ ބަލައިދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޝައިޚް އިމްރާންގެ މައްޗަށް ކޮށްފަވާ ޙުކުމްގެ މައްސަލަ ބަލައިދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅައިފި


ގުޅިފައިވާ ކޯލިޝނުގެ 4 ލީޑަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ސްޕްރީމް ކޯޓަށް ހަޅާފައިވަނީ މީގެ ހަފްތާއެއްހައި ދުވަސްކުރިންނެވެ. ނަމަވެސް މައްސަލަ ބަލައިގަތްކަން އަދި އަންގާފައެއް ނުވެއެވެ.

ޝައިޚް އިމްރާނުގެ މައްސަލަ ސްޕްރީމް ކޯޓަށް ކުރިން ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނީ އަނިޔާވެރި "ބޮޑު އަތް" އެޅުމުން ކަމަށް ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި 4 ލީޑަރުންނަށްވެސް ބައިވެރިވެވަޑައިގެންނެވުމުގެ މުހިންމުކަން ކޯލިޝަނުގެ ސަޕޯޓަރުން ގެނަދަނީ ފާހަގަކުރަމުންނެވެ.

ރައީސް މައުމޫން އާއި ޤާސިމް އިބްރާހީމް މިހާރު ވަނީ ހައިކޯޓުން މިނިވަން ކޮށްފައެވެ. އެމްޑީޕީ އިން ބުނެފައިވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް މުހައްމަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.
މިއަދު އޮންލައިން