އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމާއި ހަވާލު ވެއްޖެ

ކިޔުމަށް ހޭދަވާނީ 31ސ
އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމާއި ހަވާލު ވެއްޖެ
އެމެރިކާއިން ރާއްޖެއާއި ޝްރީލަންކާ އަށް ކަނޑައެޅި އައު ސަފީރު އެލައިނާ ޓެޕްލިޓްޒް، އެމަގާމާއި މިއަދު ހަވާލުވެވަޑައިގެންފިއެވެ.

ރާއްޖެއާއި ޝްރީލަންކާ ގެ ސަފީރުގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެލައިނާ ކުރިން ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރުގެ ގޮތުގައެވެ.

މަގާމުގެ ޒިންމާތަކާއި މިއަދު އެލައިނާ ހަވާލުވެ ވަޑައިގަތުމަށް އޭނާ އާއި ލިޔުން ހަވާލުކޮށްދެއްވީ، އެމެރިކާގެ އަންޑާރ ސެކްރެޓަރީ ޑޭވިޑް ހޭލް އެވެ.

އެމެރިކާ އިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި އެންމެފަހުން ހުންނެވީ އަތުލް ކެޝަޕް އެވެ
މިއަދު އޮންލައިން