ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފިއެވެ.
އެޕާޓީން މިކަމަށް ކުރި އިޢުލާނުގއި ބުނެފައިވަނީ ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް ޝައުގުވެރި ވެވަޑައިގަންނަވާ އެޕާޓީގެ މެންބަރުން 27 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (ވޯޓު ކަރުދާހުގައި ޖެހުމަށްޓަކައި) މޯބައިލް ނަންބަރު 7799335 އަށް ވަޓްސްއަޕް، ކޮށް ދެއްވުމަށް އެދޭ ކަމަށެވެ.
ސިޓީ ލައްވާއިރު ތަކެތި ފުރިހަމަ ކުރައްވައިގެން އެތަކެއްޗާއެކު ސިޓީ ލައްވާނީ އެޕާޓީގެ ހެޑްކުއަރޓަރޒް (މ.ކުނޫޒް) އަށް ކަމަށާއި ނުވަތަ [email protected] އީމެއިލް ކުރެއްވުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދޭ ކަމަށާއި އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ވަނީ އެދިފައެވެ.
އިޢުލާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިހާބު ކުރަންޖެހޭ ޕާޓީގެ ލީޑަރުގެ މަޤާމަށް އެއްވެސް ވަރާތަކުން ކުރިމަތިލައްވާފައި ނެތުމުގެ ސަބަބުން އެ ކޮންފަރެންސްގައި ޕާޓިގެ ލީޑަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވިވާތީވެ، ޖުމްހޫރީޕާޓީގެ އަސާސީ ޤަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ދަށުން ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުމްހުރީ ޕާޓީގެ މެންބަރުންނަށް އާންމުކޮށް ހުޅުވާލައި އިޢުލާންކުރަމެވެ.
ވީމާ، މަޤާމަށް ޝައުގުވެރި ވެވަޑައިގަންނަވާ މިޕާޓީގެ މެންބަރުން 27 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (ވޯޓު ކަރުދާހުގައި ޖެހުމަށްޓަކައި) މޯބައިލް ނަންބަރު 7799335 އަށް ވަޓްސްއަޕް، ކޮށް ދެއްވުންއެދެމެވެ. ސިޓީ ލައްވާއިރު ތަކެތި ފުރިހަމަ ކުރައްވައިގެން އެތަކެއްޗާއެކު ސިޓީ ލައްވާނީ މިޕާޓީގެ ހެޑްކުއަރޓަރޒް (މ.ކުނޫޒް) އަށް ނުވަތަ [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ދަންނަވަމެވެ.
22 އޮކްޓޯބަރ 2018