ބަރުދަނުގައި އެއް ކިލޯ ހުރި ރަންގަނޑެއް، ވަގަށް ޝްރީ ލަންކާ އަށް ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީީޑިއަ އޮފިޝަލަކު ވިދާޅުވީ، ކަސްޓަމްސް އާއި ގުޅިގެން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަންގަނޑު ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޝްރީ ލަންކާއަށް ބޭރު ކުރަން އުޅުނު މަސް ފޮށިގަނޑެއް ތެރެއިންނެވެ. ރަންގަނޑު ފެނިފައިވަނީ އެއާޕޯޓުގައި ސްކޭން ކުރަމުން ދަނިކޮށް އޭވިއޭޝަންގެ މުވައްޒަފަކަށެވެ.