އުޞޫލުތައް ހަދައިގެން ޤާނޫނުގަ އޮންނަ ގޮތަށް ހުރަސް ނޭޅޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އުޞޫލުތައް ހަދައިގެން ޤާނޫނުގަ އޮންނަ ގޮތަށް ހުރަސް ނޭޅޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރައްވައިފި
އުޞޫލުތައް ހަދައިގެން ޤާނޫނުގައި އޮންނަ ގޮތަށް ހުރަސް ނޭޅޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރައްވައިފިއެވެ.

މެނަބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަލާފައިވާ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމްއަހްމަދުގެ މައްސަލައިގައި ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި އީސީގެ ވަކީލާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން މީހަކު ވަކިވާނީ އީސީގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެމީހެއްގެ ނަން އުނިކުރުމުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ބޭނުންވެގެން މިއުޅެނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލު ނޫން ކަމަށް ވިދާޅުވެ އެ އުޞޫލުގެ ވާހަކަ އެތަނުގައި ނުދައްކާ ކަމަށްވެސް ވިދާޅުވެފައެވެ.

ސޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ޕީޕީއެމުން އެކުލަވާލައިފައިވާ ޤަވާއިދުގައި ބުނެފައިވަނީ މެންބަރަކު ޕާޓީން ވަކިވާން އެދުމަކީ މެންބަރުކަމުން ވަކިވާނެ ސަބަބެއް ކަމަށެވެ. އެހެންކްމުން އެކަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުޞޫލު މުހިންމު ނޫންކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުން ވަނީ އެނގިގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވާލައިފައިވާ 12 މެންބަރުންނަކީވެސް ޖުލައި މަހުގެ 16 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނިންމި ނިންމުން ނިންމުމުގެ ކުރިން ޕާޓިން ވަކިކޮށްފައިވާ ނުވަތަ ޕާޓީން ވަކިވުމަށް އެދިފައިވާ މެންބަރުންނެވެ. އެހެންކަމުން މިއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.


މިއަދު އޮންލައިން