ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި މިހާރުއޮތް ސުޕްރީމްކޯޓޫގެ އަޣުލަބިއްޔަތަށް ބަލާއިރު، އެއީ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ސޫމޯޓޯކޮށް ދައުވާ އުފުލައި އެބޭފުޅުންނަށް ޙުކުމް ކުރެއްވި ބައެއް ކަމަށާއި ރައީސް ނަޝީދުގެ މައްސަލައިގައި ކޮށްފައިވާ ނުހައްޤު ހުކުމް ސޫމޯޓޯކޮށް ބާތިލް ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.
ރައީސް ނަޝީދު މާލެވަޑައިގަންނަވާއިރު އެމަނިކުފާނުގެ ހުކުމާއި މެދު ޝަރުއީކޯޓަކުން ގޮތެއް ނުނިންމައި އޮވެެއްްޖެނަމަ އުފެދިދާނެ މައްސަލަތަކާއި ގުޅޭ ގޮތުން ސިޔާސީ ބޭފުޅުންނާއި އާއްމުން ގެންދަނީ ޝުއޫރުފާޅުކުރަމުންނެވެ.
1 ނޮވެމްބަރުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
Dhivehi Raajjeyga mihaaru oiy SC ge aghlabiyyathah balaairu eyee kureege EC ge memberunge macchah suo moto koh dhauvaa ufullavaa e beyfulhunnah hukumkurevvi bayeh. Ehenveema RN ge massalaiga kohfaivaa nuhaggu hukum suo moto koh baathil nukurevvenvee sababeh neiy.
— Dhiyana