އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޮޑިޓް ކުރުމަށް ނާޒިމްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު: ނިޔާޒު އިބްރާހިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޮޑިޓް ކުރުމަށް ނާޒިމްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު: ނިޔާޒު އިބްރާހިމް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޮޑިޓް ކުރުމަށް،ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަންފެށި އަދި ޓްއަރިޒަމް މިނިސްޓަރ ކަމުގައި އަހުމަދު އަދީބު ހުންނެވި ދުވަސްވަރު، އެ ކުންފުނީގެ ތެރޭގައި ބޮޑެތި ޚިޔާނާތްތަކެއް ހިނގަމުންދާކަމުގެ އެލާޓް ދެއްވި ބޭފުޅަކީވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ނާޒިމް ކަމަށެވެ.

ނިޔާޒު ވިދާޅުވީ ނާޒިމްގެ ފަރާތުން އެ މައްސަލަ ހިއްސާކުރުމުން އެކަމަކު އެންމެފުރަތަމަ އެކަމުގައި ވަރަށް ބައިވަރު ސުވާލުތަކެއް އުފެދުނު ކަމަށެވެ. ސަބަބަކީ ނާޒިމް އަކީ ރައީސް ޔާމީނުގެ ވަރަށް އަރިސް ބޭފުޅަކަށް ވުމާއެކު، އެމައްސަަލައިގައި ކުރިއަށްދިއުމުގެ ކުރިން އޮޑިޓް އޮފީހުގެ އެހެނިހެން ވެރިންނާއި މަޝްވަރާ ކުރެވުނު ކަމަށެވެ.

ކޮންމެ ނިޔަތައްގައި ނާޒިމް އެމައްސަލަ ހުށަހެޅުއްވިނަމަވެސް ދަޢުލަތުގެ މާލިއްޔާއާއި ގުޅޭގޮތުން މިހާބޮޑު މައްސަލައެއް ހުށަހެޅުމުން އޮޑިޓް އޮފީހުން އަޅައިނުލައި ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބަލައި އެ މައްސަލައިގައި ކުރިއަށްދިއައީ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިމައްސަލަ ބަލަންފެށުމާއެކު ނާޒިމް ހިއްސާކުރެއްވި މައުލޫމާތަކާއި ތެދެއްކަން އެނގިގެންދިއަ ކަމަށެވެ.


މިއަދު އޮންލައިން