މުސްތަފާ، އަލީ ޝާހް، މުހައްމާ އަދި ޝަހުދީ ގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މުސްތަފާ، އަލީ ޝާހް، މުހައްމާ އަދި ޝަހުދީ ގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާ ގޮތުން މުސްތަފާ އާއި އަލީ ޝާހްގެ ގޮނޑި ގެއްލުނު މައްސަލަ އޮތީ މާދަމާ އެވެ. މުހައްމާ އާއި ޝަހުދީގެ މައްސަލަ އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާއިރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލައިގެ ބޭއްވި އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިން ވަނީ ނިންމާފަ އެވެ.

މިހާރު ބާކީ ތިއްބެވި ހުރިހާ މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ










މިއަދު އޮންލައިން