މޫނާ ހަށިގަނޑު ނިވާކުރަން ހުރަސްއެޅުމަކީ އަންހެނުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް އދގެ މިނިވަން ހިޔުމަން ރައިޓްސް އެކްސްޕަރޓުންގެ ކޮމިޓީން ނިންމައިފިއެވެ. މިފަދަ ނިންމުމެއް ނިންމީ ފަރަންސޭސިވިލާތުގެ 2 އަންހެނަކު މޫނު ބުރުގާ އެޅުމުން ޖުރުމަނާއި ކުރުމާއި ގުޅިގެން 2016 ވަނަ އަހަރު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
2010 ވަނަ އަހަރު ފަރަންސެސިވިލާތުން ވަނީ މޫނު ބުރުގާ އަޅައިގެން ޢާންމު ތަންތަނުގައި އުޅުން މަނާކޮށްފައެވެ. 2 އަންހެނުން ޖުރުމަނާކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ 18 މެނަބަރުން ހިމެނޭ ކޮމިޓީން ނިންމާފައިވަނީ އެމީހަކު އަމަލުކުރާ ދީނެއްގައި އޮންނަ ގޮތަށް ހެދުން އެޅުމުގެ ތެރޭގައި މޫނު ނިވާކުރުން އޮންނަނަމަ އެކަމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނެފައިވަނީ ޤައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ ފްރާންސުން މޫނު ބުރުގާ އެޅުން މަނާކުރަންޖެހޭ އެކަށީގެންވާ ސަބަބެއްވެސް އެޤައުމަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
އދގެ މިނިންމުމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އދގެ މިނިންމުމަކީ ތާޜީޚީ ނިންމުމެއް ކަމަށާއި ނިންމުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.
moonu burugaa aa beheygothun UN in nimmi nimmumakee, thaareekhee nimmumekeve! maashaa Allah! mi nimmumah marhabaa kiyan!
— Ali Zaid (@alizaid1000) October 23, 2018