ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިކަމުގެ އަޑުފެތުރެން ފަށައިފި އެވެ.
މަސީހު އިސްތިއުފާ ދެއްވުމަށް ނިންމެވިކަމުގެ އަޑުތައް ފެތުރިފައި މިވަނީ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއި އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައި ވަނިކޮށެވެ.
މެޖޯރިޓީ އެމްޕީއިން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް އެކަން ކަށަވަރުކޮށްދެއްވާފައި ވާތީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގައިވާ ގޮތަށް މަޖިލިސްގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" މަސީހު އިސްތިއުފާ ދެއްވަން ނިންމަވައި ފޮނުއްވި މެސެޖެއް ކަމަށް ބުނެ އާންމުވި މެސެޖްގައިވެ އެވެ.
މަޖިލީހުގެ އަމީންއާންމު ވިދާޅުވީ، އިސްތިއުފާދޭން މަސީހު ނިންމެވިކަން އަދި މަޖިލީހުގެ އިދާރާއަށް އެނގިފައި ނެތް ކަމަށެވެ.