މަޖިލީހުގެ މެންބަރުން ކޮރަޕްޓްވާތީ ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާއިރު ސަރުކާރު ކޮރަޕްޓްކަމަށް ރިޔާޟް ރަޝީދު ރައީސް ޔާމީނަށް ދަންނަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަޖިލީހުގެ މެންބަރުން ކޮރަޕްޓްވާތީ ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާއިރު ސަރުކާރު ކޮރަޕްޓްކަމަށް ރިޔާޟް ރަޝީދު ރައީސް ޔާމީނަށް ދަންނަވައިފި
މަޖިލީހުގެ މެންބަރުން ކޮރަޕްޓްވާތީ ރައީސް ޔާމީން ކޯފާއިސްކުރައްވައި ކަންބޮޑުވެވަޑައިގަންނަވާއިރު ސަރުކާރު ކޮރަޕްޓް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ރައީސް ޔާމީނަށް ދަންނަވައިފިއެވެ.

މިކަން ހިނގާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުގައި ކަމަށް މިހާރު ނޫހުގައި ވަނީ ހާމަކޮށްފައެވެ.

އެނޫހުގައި ވަނީ "މަޖިލީހުގެ މެމްބަރުން ބޭނުންއިރަކު ޕާޓީ ދޫކޮށްލައި، ބޭނުންހާ ގޮތަކަށް އުޅެވޭނަމަ، އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށާއި އަދި އެހެން މެމްބަރުން ދޫކޮށްލާނަމަ، އެމަނިކުފާނު ހުންނަވާނީ ވެސް ޕާޓީ އާއި މެމްބަރުން ދޫކުރައްވައި ގޭގައި ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ.

އެނޫހުގައި ބުނެފައިވަނީރައީސް ޔާމީން އެމޭރުމުން ވިދާޅުވުމުން ރިޔާޒް ރަޝީދު ވެސް ރައީސް ޔާމީނާއި އިތުރަށް ޖަދަލު ކުރެއްވި ކަމަށެވެ.

"ސަރުކާރުގެ ތެރޭގައި ވެސް އޮތީ ކޮރަޕްޝަނޭ. ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮވެއޭ، ކޮރަޕްޝަނަކީ ނައްތާލެވޭނެ އެއްޗެއް ނޫނޭ." ވިދާޅުވެ، ރިޔާޒް ވަނީ ރައީސް އަށް ރައްދު ދެއްވާފައި ކަމަށް އެނޫހަށް މައުލޫމާތު ދިން ކައުންސިލް މެމްބަޜާއިހަވާލާދީ ބުނެފައިވެއެވެ.

ރިޔާޟްގެ މި ބަސްފުޅު ތަކަކީ ރައީސް ޔާމީނު އެތައް ފަހަރަކު ދައްކަވާފައިވާ ވާހަކަފުޅު ތަކެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން