އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމްދު ޝަރީފް ކުރު ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.
ފުރާވަޑައިގަންނަވަމުން ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ އަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ކުރު ޗުއްޓީއަކަށް ޤައުމުން ބޭރުގައި" ކަމަށާއި "މަ ހޯދާ މަންޖެ" ގާތު ބުބެލަދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ކޮމިޝަނުގެ 4 މެންބަރުން ވަނީ ސްރީ ލަންކާގައި ޗުއްޓީ ހޭދަކުރައްވައިފައެވެ. އިންތިޚާބާއި ގުޅިގެން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސލަިގެ ޙުކުމް ކުރި ޝަރީޢަތުގެ މަޖިލީހުގައި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
Out of country for a short break, @IbrahimMuazAli ma hoadha manje kairee bunelaathi
— Ahmed Shareef (@ShareefRangondi) October 24, 2018