ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ކޯލިޝަން ޕީޖީ ގްރޫޕުގައި އިސްކޮށް ހުންނނެވި ޢަބްދުﷲ ރިޔާޟް ވިދާޅުވީ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ޤަރާރެއް ހުށަހެޅީ އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކޮށްފައިވަނީ އަދި ޙުކުމް އިއްވާފައިވަނީވެސް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަމަށް އދ އާއި އަދިވެސް ބައެއް ފަރާތްތަކުން ގޮވާލާފައި ވުމުންނާއި ރައްޔިތުންވެސް އެކަން އެގޮތަށް ޤަބޫލުކުރާތީ ކަމަށެވެ. އަދި ނޮވެމްބަރު 1 ގައި ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާއިރު އެމަނިކުފާނަށް މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވެން ޖެހޭނެ ކަމަށް ޤަބޫލުކުރާތީ ކަމަށެވެ.
ރިޔާޟް ވިދާޅުވީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މަޤާމުން ދުރުކުރަން 51 މެންބަރުންގެ ސިޔާއިއެކު ހުށަހެޅުއްވީ މަޞީޙްގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަޖިލީހުން ކުރާ ހަމައެކަނި މަސައްކަތަކީ ސަރުކާރުން ބޭނުންވާ ކަންކަން ސަރުކާރުން ކުރަން ބޭނުންވާ ގޮތަށް ކުރާ ތަނަކަށް މަކިލިސް ހަދާފައިވާތީ ކަމަށެވެ.
ރިޔާޟް ވިދާޅުވީ މަޞީޙަށް މިހާރު އޮތް ހަމަ އެކަނި ފުރުޞަތަކީ މަޖިލީހުގެ ރައސީސްކަމުން އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި 51 ސޮއި ހަމަކޮށަފައިވަނީ ގުޅިފައިވާ ކޯލިޝަނުގެ 36 މެންބަރުންގެ ސޮޔާއި ޕީޕީއެމް އެމްޑީއޭގެ 15 މެންބަރުންގެ ސޮޔާއިއެކުގައި ކަމަށެވެ.
ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ 8 މެންބަރުންގެ މައްސަލަ ނިމުމުން 59 މެންބަރުން ހަމަވާނެއެވެ.