އިންތިޚާބީ ރައީސް ބައިވެރިވެވަޑައިގަންނަވާ ކޯލިޝަން ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިންތިޚާބީ ރައީސް ބައިވެރިވެވަޑައިގަންނަވާ ކޯލިޝަން ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަނީ
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ކޯލިޝަން ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.

މަޖިލިސް ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިހާރު ހުރި ގިނަ މައްސަލަތަކަކަށް ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.



ރިޔާޟް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކާއި ކޯލިޝަނުގެ މެންބަރުންނަށް ވާހަކަ ދެކެވޭ ކަމަށާއި މިއަދު ހުށަހެޅި މައްސަލަ ވީހައި އަވަހަކަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން