ރޮޒައިނާ މަޞީޙަށް!- ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދެއްވާނެ ނަމަ އަވަހަށް އިސްތިއުފާ ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރޮޒައިނާ މަޞީޙަށް!- ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދެއްވާނެ ނަމަ އަވަހަށް އިސްތިއުފާ ދެއްވާ!

ދެންވެސް ރައްޔިތުންނަށް ކަމެއް ކޮށްދެއްވާނެ ނަމަ އަވަހަށް އިސްތިއުފާ ދެއްވަން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙަށް ގޮވާލައްވައިފިއެވެ.

މަޖިލިސްކުރާގޭ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގައި ހުރި އެމަނިކުފާނުގެ ތަކެތިވެސް ވަނީ ގެންދަވާފައި ކަމަށާއި ހަމައެކަނި ނުކުރައްވާ ކަމަކީ އިސްތިއުފާ ސިޓީ ފޮނުއްވުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން 15 ދުވަސް ވަންދެން މަޤާމުގައި "ބަގުޑި ބައްދަވައިގެން" ހުންނެވިދާނެ ކަމަށާއި އެގޮތަށް ހުންނެވުމަކީ މަޞީޙުގެ ޚުދުމުޚުތާރުކަން އިތުރަށް ހާމަވެގެންދާނު ސަބަބެއް ކަމަށެވެ. އެހެންކަމުން ދެންވެސް ރީތި ގޮތަކަށް ވާނީ އަވަހަށް އިސްތިއުފާ ދެއްވުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް މެނަބަރެއްގެ ގޮތުގައި ހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެގޮތުގައި ހުންނެވުން މާރަނގަޅުވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން