ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 26ސ
ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި
ބަނގުރާ ފުޅިތަކަކާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރުއިރު އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިތަކެއް ފެނުމުންނެވެ.


ސައިކަލް ބަލައިފާސްކުރިއިރު ސައިކަލުގެ މަޑިދަށުގައި 3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފާވާކަމަށެވެ.

.
މިއަދު އޮންލައިން