މަތިން ރާއްޖެ އިމްޕޯޓު ކޮށްފައިވާ މުދާތަކުގެ ތެރެއިން ނުގެންގޮސް ހުރި މުދާތަށް ނީލަން ކިޔަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
ވައިގެ މަގުން ރާއްޖެ އެތެރެ ކޮށްފައިވާ މުދާތަކުގެ ތެރެއިން ނުގެންގޮސް ހުރި ސާމާނުތައް ނީލަން ކިޔަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ. އަދި މި ނީލަމުގައި ބައިވެރި ވުމަށް ނަން ނޯޓް ކުރެއްވުން ކުރިއަށް ދާނީ، އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހު ހެނދުނު 10 އިން މެންދުރު ފަހު 3 އަށް އެއާޕޯޓުގެ ކާގޯ ސެކްޝަންގައި އެވެ.
އެމްއޭސީއެލްއިން ބުނާގޮތުގައި ނީލަމުގައި ބައިވެރިވެ، އަދި މުދަލަށް އަގު ކިޔުމަށް ފަހު، ފައިސާ ނުދައްކާ މީހުންނަށް، ކުރިއަށް އޮތް ދެ އަހަރުގެ ނީލަމުން އެއްވެސް މުދަލެއް ނެގުމުގައި ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި ވަކި މުއްދަތެއް ތެރޭގައި މުދާ ނުގެންގޮސްފި ނަމަ ނައްތާލެވޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.