ތަރައްޤީ ކުރުމަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރަނީ!

ކިޔުމަށް ހޭދަވާނީ 53ސ
ތަރައްޤީ ކުރުމަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރަނީ!
ތަރައްޤީ ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދު ބަންދު ކުރަން ނިންމާފައި ވާކަމަށް ބުނެ، އެ ސަރަހައްދުގައި ހުރި އުޅަނދުތަށް ނެގުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެހިކަލްތައް ނަގަނީ އެ ސަރަހައްދުގައި މަސައްކަތް ފެށުމަށް ފެންސް ޖަހަން ބޭނުންވާތީ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ ކުރިން ވެހިކަލްތަށް ނެގުމަށް އެ މިނިސްޓްރީގެ އިއުލާންގައި އަންގާފައި ވެއެވެ.

މުއްދަތު ތެރޭ ނުނެގި ހުރި ވެހިކަލެއް ނަމަ ފުލުހުން މެދުވެރިކޮށް ނަގާނެ ކަމަށާއި ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުވާނެ ކަމުގައި ވެސް އެ އިއުލާންގައި ވެއެވެ.

ފަސްމަހުގެ މުއްދަތެއްގެ ތެރޭގައި އާޓިފިޝަލް ބީޗު ސަރަހއްދު ތަރައްޤިކޮށް ނިންމުމަށް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އާއެވެ..
މިއަދު އޮންލައިން