ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އެންޑްރޫ ހީލީ، އިނގިރޭސީ ވިލާތުގެ ކުންފުންޏަކާއި ގުޅިވަޑައިގެންފިއެވެ.
އިނގިރޭސި ވިލާތުގެ ފައިނޭންސް ކުންފުންޏެއް ކަމަށްވާ ލީކް ޔުނައިޓެޑްގެ ވެބްސައިތުގައި ވަނީ މިކަން އިއުލާން ކުރައްވާފައިއެވެ. ނަމަވެސް ބީއެމްއެލްގެ ސީއީއޯގެ މަޤާމުން އެ ބޭފުޅާ އިސްތިއުފާ ދެއްވާފައި ނުވާކަމަށް މައުލޫމާތު ދެއެވެ.
ލީކް ޔުނައިޓަޑް އަކީމޯގޭޖް ކުރުމާއި، ސޭވިންގްސް އަދި އިންޝުއަރެންސްގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އިނގިރޭސި ވިލާތުގެ ކުންފުންޏެކެވެ. މިއީ އިނގިރޭސި ވިލާތުގެ 12 ތަފާތު ހިސާބެއްގައި ބްރާންޗްތައް ހުންނަ ބޮޑު ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބޭ ގޮތުން އެ ކުންފުނީގެ ކުރީގެ ސީއީއޯ ވަނީ މިހާރު މަގާމުން ދުރުކޮށްފައެވެ.