މަޖިލިސް އިންތިހާބަށް މަސައްކަތް ކުރިއަސް ކުރާނީ އިބޫ ހުވާ ކުރެއްވުމަށްފަހު ކަމަށް އިބްރާހިމް ދީދީ ވިދާޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 7ސ
މަޖިލިސް އިންތިހާބަށް މަސައްކަތް ކުރިއަސް ކުރާނީ އިބޫ ހުވާ ކުރެއްވުމަށްފަހު ކަމަށް އިބްރާހިމް ދީދީ ވިދާޅުވެއްޖެ!
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް އަންނަ ދައުރަށް ކުރިމަތިލިއަސް ކެމްޕެއިންގެ މަސައްކަތް ފަށާނީ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރ އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީ (އިބްރާހިމްދީ) ވިދާޅުވެއްޖެވެ.

އެމްޕީ އިބްރާހިމްދީ މިހެން ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމަނިކުފާން ވިދާޅުވީ ''އަޅުގަނޑުގެ އަމިއްލަ އިންތިހާބަކަށް އަޅުގަނޑު މަސައްކަތް ކުރާން ޖެހުނަސް އެކަން އަޅުގަނޑު ކުރާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ކަމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން'' ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި އިބްރާހިމްދީ ފާހަގަކުރެއްވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫއަށް ލިބިވަޑައިގަތް ހިސާބުން ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ އިންތިހާބް ކާމިޔާބު ކޮށްދިނުމަށްކަމަށެވެ.

އެބޭފުޅާ މިގޮތަށް ޕޯސްޓް ކުރައްވާފައި މިވަނީ މަޖިލިސްގެ އިތުރު އިންތިހާބަކަށް މަސައްކަތް ނުކުރަނީ ކީއްވެތޯ އަހާ، ގިނަ ބަޔަކު ސުވާލުކުރިމަތި ކުރަމުންދާތީ ކަމަށް ވިދާޅުވެއެވެ.

މިއަދު އޮންލައިން