މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ޤާސިމް އިބްރާހީމް ހަމަޖައްސަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ޤާސިމް އިބްރާހީމް ހަމަޖައްސަން ނިންމައިފި
މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މަޤާމުން ވަކިކުރުމަށްފަހު މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ޤާސިމް އިބްރާހީމް ހަމަޖައްސަން ނިންމައިފިއެވެ.

މިރޭ ޖޭޕީ ހެޑްކައާޓަރސް މ. ކުނޫޒުގައި ބޭއްވި ގުޅިފައިވާ ކޯލިޝަނުގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށްފަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާލަތުގައި އެންމެ ރީތި ގޮތަކަށްވާނީ މަޖިލީހުގެ ރައީސް މަޞީޙް އަމިއްލަފުޅަށް އިސްތިޢުފާ ދެއްވުން ކަމަށެވެ. ނޫންނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ކުރިއަށް ގެންދާނީ ކަމަށެވެ.



އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން މަޖިލީހަށް ރައީސަކު ހޮވަން ޖެހޭނެ ކަމަށާއި މިރޭގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ މަޤާމަށް ޤާސިމް އިބްރާހީމް ގޮވަން ކަމަށެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަބުރުގެ ޤާނޫނު އުވާލަން މާދަމާ ހުށަހަޅަން ޕީޖީ ގްރޫޕުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިއަދު ހުށަހެޅި ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރަށް ވެސް ޕީޖީ ގްރޫޕުން ތާއީދުކުރާނެ ކަމަށެވެ.



އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ހުންނެވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަން ތައްޔާރަށް ކަމަށާއި މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް، މަޖިލީހަށް ހުށަހެޅިފައި ހުންނަ ކަންކަމަށް ބައްލަވައި ހަފްތާއަކު 3 ޖަލްސާ ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "މަޖިލީހުގެ ޤަވާއިދުގައި މިހާރުހުރި މައްސަލަތައް ޙައްލުކޮށް ޑިމޮކްރެޓިކް ހަމަތަކުން މަޖިލިސް ކުރިއަށް ގެންދަވަން މަޖިލީހުގެ ނައިބް ރައީސް ހުންނެވީ ތައްޔާރަށް."

އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނޮވެމަބރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އެމަނިކުފާނު ހުންނަވާނީ ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި ކަމަށާއި އެންމެ ފަހު ދުވަހާއި ހަމައަށްވެސް ރައްޔިތުން އެމަނިކުފާނާއި ހަވާލުކޮށްފައިވާ މަސައްކަތުގައި ދެމިހުންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެ ކަމަށެވެ. "މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ ޖޮއިންޓް ޕީޖީ ގްރޫޕުން ނިންމާ ގޮތަކަށް ވޯޓުގައިވެސް ބައިވެރިވާނަން." ކަމަށްވެސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން