ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ކިޔުމަށް ހޭދަވާނީ 38ސ
ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބޭއްވުމަށް ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ފާރިސް މައުމޫން ގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވީ، ޕީޕީއެމް ގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ޝަޚްސު އޮޅުވާލުމުގެ ދައުވާގައެވެ.

މިމައްސަލަ އިސްތިއުނާފު ކުރުމަށް ފާރިސް ގެ ފަރާތުން ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. މިމައްސަލައިގެ ހުކުމް އިއްވުން އޮތީ މާދަމާ ހެނދުނުއެވެ.





މިއަދު އޮންލައިން