ޖޭޕީގެ ލީޑަރު ކަމަށް ޤާސިމް އިބްރާހީމް ފޯމް ހުށަހަޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޖޭޕީގެ ލީޑަރު ކަމަށް ޤާސިމް އިބްރާހީމް ފޯމް ހުށަހަޅުއްވައިފި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް ޤާސިމް އިބްރާހީމް ފޯމް ހުށަހަޅުއްވައިފިއެވެ.

ޤާސިމް އިބަރާހީމް މިރޭ ވިދާޅުވީ އެމަނިކުފާނު ޕާޓީގެ ލީޑަރުކަމުގެ މަޤާމަސް ކުރިމަތިލައްވަން ނިންމެވީ ފަށްޓަވާފައިވާ އިޞްލާހީ މަސައްކަތްތައް ފުރިހަމަ ކުރައްވައި އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައިދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.

ޖޭޕީ އުފެއްދީންސުރެ މިހައި ތަނަށްވެސް ލީޑަރުކަމުގެ މަޤާމުގައި ހުންނެވީ ޤާސިމް އިބްރާހީމް އެވެ. ޖޭޕީން އެންމެފަހުން ބޭއްވި ޤައުމީ މަހާސިންތާ ބޭއްވިއިރު އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމެއް އޮތުމުން ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކޮށްފައެއް ނުވެއެވެ.

ޤާސިމް އިބްރާހީމް ރާއްޖެވަޑައިގަތުމުން ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު ޕާޓީގެ ކައުންސިލުން ވަނީ އެމަނިކުފާނާއި ހަވާލުކޮށް ޕާޓީގެ "ތަޅުދަނޑި" އަރުވައިފައެވެ.





މިއަދު އޮންލައިން