ސިވިލް ސަރވަންޓުންގެ ސުވާލު އަދުރޭއަށް: މަޖިލިސް މެންބަރަކަށް މަހަކު 150،000 ރުފިޔާ ދޭއިރު މަހަކު 5000 ރުފިޔާ ލިބޭ ނިކަމެތިންނަށް ކިތައް ރުފިޔާ އިތުރުކޮށް ދެއްވާނަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ސިވިލް ސަރވަންޓުންގެ ސުވާލު އަދުރޭއަށް: މަޖިލިސް މެންބަރަކަށް މަހަކު 150،000 ރުފިޔާ ދޭއިރު މަހަކު 5000 ރުފިޔާ ލިބޭ ނިކަމެތިންނަށް ކިތައް ރުފިޔާ އިތުރުކޮށް ދެއްވާނަންތޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ މެންބަރުންގެ މުސާރަ 3 ގުނައާއި ގާތްކުރާ އަދަދަކަށް ބޮޑުކޮށް މަހަކު 150،000 ރުފިޔާ ދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއިރު މެންބަރެއްގެ 1 ދުވަހުގެ މުސާރަ ކަމަށްވާ 5000 ރުފިޔާ މަހަކު ލިބޭ ނިކަމެތި ސިވިލް ސަރވިސްގެ މުވައްޒިފުންގެ މުސާރައަށް ކިތައް ރުފިޔާ އިތުރުކޮށް ދެއްވާނަންތޯ ސިވިލް ސްރވިސްގެ މުވައްޒިފުން ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި ސުވާލު ކުރަން ބޭނުން ކަމަށް ބުނަމުން އެބަގެންދެއެވެ.

މެންބަރެއްގެ މުސާރަ މަހަކު 150،000 ރުފިޔާއަށް ބޮޑުކޮށްފިނަމަ އެއީ ދުވާލަކަށް 5000 ރުފިޔާއެވެ. އަހަރަކު 2 މަސް ދުވަހުގެ 3 ޗުއްޓީ ނަގައެވެ. ހާޒިރުވަނީ ބޭނުން ދުވަހަކުއެވެ. މަޖިލީހުގައި ވަގުތު ހޭދަކުރަނީ ހޭދަކުރަން ބޭނުންވާ މިންވަރަކަށެވެ. ދައުރެއް ނިމިގެންދާއިރު އެންމެ ޖަލްސާއަކަސް ހާޒިރު ނުވާ މެނަބަރުން ތިބެއެވެ.

ސިވިލް ސަރވަންޓުންގެ އެވްރެޖް މުސާރަ މަހަކު 10،000 ރުފިޔާއަށްވުރެ ކުޑައެވެ. މިއީ އަދުރޭ އަދުރޭ ދޭން އެބުނާ މުސާރައަށް ބަލައިފިނަމަ 2 ދެުވަހުގެ މުސާރައަށްވުރެ ކުޑަ އަދަދެކެވެ. އަހަރުގެ ހުރިހާ ދުވަހަކު މަސައްކަތް ކުރީމާ ލިބެނީ މަސް ދުވަހުގެ ޗުއްޓީއެވެ.

"ސިވިލް ސަރވަންޓުންގެ މުސާރަ ހަމަޖައްސަނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ބުނެ ބޮލުން ނަޓައެއް ނުލެވޭނެ. ސިވިލް ސަރވިސްގެ ޤަވާއިދުތައް ހަދަނީ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން. އެހެންވީމާ މަކިލީހުގެ ދައުރު ކޮންމެ ކަމެއްގައިވެސް އެބައޮތް. މީގެ އިތުރުން މަޖިލީހުން ކުރަން ބޭނުންވެއްޖެ ނަމަ ނުކުރާ، ނުކުރެވޭ އެއްވެސް ކަމެއް ނެތް." ކަމަށްވެސް މުވައްޒިފުން ބުނެއެވެ.

ބައެއް މުވައްޒިފުން ބުނަނީ އަދުރޭގެ މި ހުށަހެޅުމުންވެސް އެނގިގެންދަނީ އޭނާއަކީ ރައްޔިތުންގެ ލޭ ޤްރްބާންކޮށްގެން ނަމަވެސް އޭނާ ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރަން މަސައްކަތް ކުރާނެ މީހަކު ކަމެވެ. އަދި މިފަދަ މީހަކު މަޖިލީހުގެ މެންބަރުކަމަށްވެސް ހޮވަން ހެޔޮ ނުވާނެ ކަމަށެވެ.

"އަހަރެމެން މިތިބީ ދެ ލޯ ހުޅުވައި ބަލަހައްޓައިގެން. ނިކަމެތި ރައްޔިތުންނާއިމެދު އެއްވެސް ވަރަކަސް ވިސްނައި ނުލާ މިފަދަ ބޮޑު ޣައްދާރަކު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ވޯޓުދީފި ނަމަ އެ މެންބަރަކަށްވެސް ރަތް ކާޑު ދައްކަން ރައްޔިތުން މިތިބީ ތައްޔާރަށް." ކަމަށްވެސް ބައެއް މުވައްޒިފުން ބުނެފައިވެއެވެ.
މިއަދު އޮންލައިން