ރާއްޖޭގައި އަމަލުކުރަމުން އައި އަބުރުގެ ޤާނޫނު އުވާލައި ރައީސް ޔާމީނުގެ ސަރުކާރުން ފާސްކޮށް އަމަލުކުރަމުން އައި އަބުރުގެ ޤާނޫނު އުވާލަން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު މަޖިލީހަށް ހުށަހަލުއްވައިފިއެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ޤާނޫނު އޮންނަންވާނީ އދ ޢާއި ދުނިޔެއިން ޤަބޫލުކުރާ އިންތަކުގެ ތެރޭގައި ކަމަށާއި މި ބިލް ހުށަހަޅުއްވަނީ މީޑިއާގެ މިނިވަންކްމުގައި މިހާރު އަޅުވާފައިވާ ކަސްތޮޅުން ސަލާމަތް ކުރުމަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ މިއަދު މަޖިލިސް ކައިރީގައި ތިބި ނޫސްވެރިންނަށް ވާރެއިން ހިޔާވެގެން ތިބެވޭނެ ގޮތް ހަމަޖައްސަވައިދެއްވީތީ މަޖިލީހުގެ ނައިބް ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މި ބިލް ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ބިލް ފާސްވުމުން މީޑިއާއަށް މާފުރިހަމައަށް ޙިމާޔަތް ލިބި މާ ބޮޑު ހިޔާވަހިކަމެއް ލިބިގެންދާނެ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ އަބުރުގެ ޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މީޑިއާއަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ މީޑިއާއަށް މިނިވަންކަންދީގެން ކަމަށެވެ.
މީޑިއާގެ މިނިވަންކަން ހިފަހައްޓާފައި އޮންނަ ޤައުމުތަކަށް ބަލާއިރު އެ ޤައުމުތަކަކީ ދުނިޔޭގައި ތިބި އެންމެ ޚުދުމުޚުތާރުވެރިން ވެރިކަންކުރާ ޤައުމުތައްކަން ފާހަގަކުރެވެއެވެ.