ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހޯދަމުންދަނީ ސ. ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (37އ) އެވެ.
އަޙްމަދު ޔާނިސްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ ހިއްސާކުރުމަށް އެދެމެވެ.