ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވެސް ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ޢަބްދުﷲ މަޞީޙް ވަކިކުރަން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރު، ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމްދު މުބީން ތުހުމަތު ކުރައްވައިފި އެވެ.
އެކަން ބަޔާންކުރައްވައި މުބީން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ޑިއަރ ނައިބް ރައީސް @ބަނަފްސާ، ސްޕީކަރ މަސީޙޫގެ މަޤާމު ނުގެއްލި އޮއްވާ ތިވަރަށް ކެންޕޭނު ފެށުމުން ދޭހަވަނީ ސްޕީކަރ މަޞީހް ވަކިކުރަން މަނިކުފާނުވެސް ބޭނުންވެލައްވާހެން." ކަމަށެވެ.
މަޞީޙް މަޤާމުން ދުރުކުރަން ގުޅިފައިވާ ކޯލިޝަނުން މަޖިލީހަށް އިއްޔެ ޕެޓިޝަން ހުށަހެޅުމާއިއެކު ޕީޕީއެމުން ރަސްމީ ބަހެއްވެސް ނުބުނެ އަދުރޭ އަވަސްވެގަތީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާނެކަން އިއުލާނުކޮށް ކެންޕޭނު ފެށުމަށެވެ.
މުބީން ވަނީ ކޯލިޝަނުން މަޖިލީހަށް އިއްޔެ ހުށަހެޅި ދެ ޕެޓިޝަނުގައިވެސް ސޮއިކޮށްފައެވެ. މުބީނަކީ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު ޕީޕީއެމަށް ބަދަލުވެފައިވާ މެންބަރެކެވެ.
Dear Naibu Raees @Banafsaa, Speaker Maseeh magaamu nugelli ovva thivarah Campaign feshumun dheyhavanee Speaker Maseeh vakikuran manikufaanuves beynunvelavvahen. pic.twitter.com/PjXtgGleDK
— MP Ahmed Mubeen (@ahmedmubean) October 24, 2018