އިންތިޚާބީ ރައީސް ނޮވެމްބަރު 11ގަ ހުވާ ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިންތިޚާބީ ރައީސް ނޮވެމްބަރު 11ގަ ހުވާ ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހުން 2 ފަހަރެއްގެ މަތިން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމާއިމެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށްޓަކައި ފުރަތަމަ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެކަން އެޖެންޑާ ކުރައްވާނެ ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މިހާރު ހިނގަމުން މިދާ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރޭއިރު ކޮންމެ ފަހަރަކުވެސް އިންތިޚާބީ ވެރިކަމުގެ ދައުރު ފަށަމުން އައިސްފައިވަނީ ޖުމްހޫރީ ވެރިކަން ފެށުނު ދުވަސްކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށާއި 2013 ވަނަ އަހަރު ރިޔާސީ ދައުރު ފެށުން ނޮވެމްބަރު 17 ވަނަ ދުވަހަށް ލަސްކުރީ ކުރިމަތިވި ޚާއްޞަ ކަންތައްތަކެއްގެ ސަބަބުން ސްޕްރީމް ކޯޓުން ކުރި އަމުރެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އަމިއްލަފުޅު ހައިޞިއްޔަތުން ޤަބޫލުފުޅު ކުރައްވަނީ މިއަހަރުގެ ރިޔާސީ ދައުރު ފަށަން ޖެހޭ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މަޖިލީހުން އިންތިޒާމުކޮށްދިނީ އިންތިޚާބީ ރައީސް ބޭނުންފުޅުވި ގޮތަށް ބޭނުންފުޅުވި ވަގުތު ބޭނުންފުޅުވި ތަނުގައި ކަމަށެވެ. އެހެންކަމުން މިއަހަރުވެސް އެކަން އެގޮތަށް މަޖިލީހުން ކުރިއަށް ގެނަދާނެ ކަމަށެވެ.
މިއަދު އޮންލައިން