ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައާށައެޅުމުން، ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު މަޖިލީހުގެ ތަޅުމަށް ހުށައަޅައިފިއެވެ.
އަމިއްލަގޮތުން މިބިލް ހުށަހެޅުއްވި ރިޔާޒް ރަޝީދު ވިދާޅުވީ، ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ މި ބިލް އުވާލަން ހުށައެޅީ ކަމަށެވެ.
ރިޔާޒް މި ބިލު ބާތިލު ކުރުމަށް ހުށައެޅި އިރު، އިންތިހާބީ ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ކުރަން ވައުދުވި ކަންކަމުގެ ތެރޭގައި މި ބިލް އުވާލުން ހިމެނޭކަންވެސް ފާހަގަކުރެވެއެވެ.