މިކަމާއި ގުޅޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޭންޑް ފުޓް މައުތު ގިނަވެއްޖެ ކަމަށެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަންވެސް ފައިސަލްގެ ޓްވީޓުގައި ފާހަގަކުރިއެވެ. އެގޮތުން، ހުރިހާ ކުދިންވެސް އަތް ރަނގަޅަށް ދޮވުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ސްކޫލު ތަކުގައި ވެސް ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޑޮކްޓަރގެ ޓްވީޓުގައި ލަފާދެއްވާފައި ވެއެވެ.
އަނގަޔާއި އަތާއި ފައިގައި ފޮޅުތަކެއް ނަގާ މި ބަލި ގިނައިން ފެންނަނީ ކުޑަކުދިންގެ ކިބައިންނެވެ. ވީއިރު އިންޓާރނެޓް ނުވަތަ ސިއްހީ އެހީތެރިއެއްގެ ފަރާތުން މި ބައްޔާ ބެހޭ ތަފްސީލް ހޯދާ، ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
ހޭންޑްފުޓްމައުތްތަންކޮޅެއްގިނަވޭއެބަ. ހުރިހާކުދިންއަތްދޮންނަންއާދަކޮށްދެއްވާ. ބަލިޖެހުމުންހަފްތާއަކަށްސުކޫލަށްނުފޮނުއްވާ. ކުޅޭސާމާނު،ދޮރުގެއަތްގަނޑު ، ރަނގަޅަށްސާފުކުރައްވާ. ހުރިހާސުކޫލެއްގައިވެސްސައިބޯނިންއަތްދޮވެވޭގޮތަށްއިންތިޒާމްކުރެއްވުންމުހިންމު.
— Ahmed Faisal (@Faisalnaifaru) 24 October 2018