އެޗްޑީސީގެ އޮޑިޓެއް ކުރާއިރު، ކުންފުނީގެ ސީއީއޯ މެލޭޝިއާ އަށް!

ކިޔުމަށް ހޭދަވާނީ 39ސ
އެޗްޑީސީގެ އޮޑިޓެއް ކުރާއިރު، ކުންފުނީގެ ސީއީއޯ މެލޭޝިއާ އަށް!
އެޗްޑީސީ ''ދޮވެލި'' މައްސަލައިގައި، އެކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، ކުންފުނީގެ ސީއީއޯ އަހްމަދު ބުންޔާމީން މެލޭޝިއާއަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ބުންޔާމިން މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

އެޗްޑީސީ އިން ރައީސް އަބްދު ﷲ ޔާމިންގެ ކެމްޕެއިނަށް މިލިއަނުން ހަރަދުކުރުމާއިއެކު ބޮޑެތި ކޮރަޕްޝަން ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިއާއެކު އެޗްޑީސީގެ ކޭޝްފުލޯ އެއްކޮށް ދަށްވެފައިވާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ބަޖެޓު ތަން ނުދިނުމުގެ ސަބަބުން، އެ ކުންފުނީގެ މަސައްކަތު ވަގުތު ކުޑަކޮށް، އިތުރު ގަޑިގެ ފައިސާ ކަނޑާލައި، އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް ވަނީ މުވައްޒިފުންނަށް އަނގާފައެވެ.
މިއަދު އޮންލައިން