ފާރިސް އަށް އިއްވި ހުކުމް ބާތިލް ކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
ފާރިސް އަށް އިއްވި ހުކުމް ބާތިލް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަފި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ދަރިކަލުން ފާރިސް މައުމޫން ގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ދައުވާ ހައިކޯޓުން މިއަދު ބާތިލުކޮށް އޭނާ މިނިވަން ކޮށްފިއެވެ.

ފާރިސް މައުމޫންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލުހުކުމެއް އިއްވީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމުގެ ތުހުމަތުކޮށް، ޝަޚްސު އޮޅުވާލުމުގެ ދައުވާގައެވެ.

ފާރިސް ގެ ފަރާތުން އެހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، މިއަދު ހެނދުނު ބޭއްވި އެމައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.
މިއަދު އޮންލައިން