ކަރެކްޝަންސް އިން އިހުމާލުވި ނާފިއުގެ ފައިގެ އިނގިލިތައް ބުރިކޮށްލައިފި

ކިޔުމަށް ހޭދަވާނީ 38ސ
ކަރެކްޝަންސް އިން އިހުމާލުވި ނާފިއުގެ ފައިގެ އިނގިލިތައް ބުރިކޮށްލައިފި
ހުކުމެއްގައި ޖަލަށްލި ޅ. ނައިފަރު އަހުމަދު ނާފިއު، ހުކުމް ތަންފީޒުކޮށް ނިމިގެން ޖަލުން މިނިވަން ކުރިއިރު ކަރެކްޝަންސް އިން އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން އޭނާގެ ހަލާކުވި އިނގިލިތައް ބުރިކޮށްލައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ނާފިއުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، ނާފިއުގެ ކަނާތު ފައިގެ ހަތަރު އިނގިއްޔާއި ވާއަތު ފައިގެ ދެ އިނގިއްޔެއް ބުރިކޮށްލާފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 25 އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ނާފިއުގެ ފައިގެ އިނގިލިތައް ވަރަށް ބޮޑަށް ގިރިފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ފައިގެ އިނގިލިތައް ގިރެން މެދުވެރިވީ ކަކުލު ހުޅުގެ ދަށުގައި އިން ނާރެއް ބްލޮކް ވެގެންނެވެ.
މިއަދު އޮންލައިން