އެމްޕީއެލް އިން ބޮޑުކުރި އެލަވަންސް ނުދީގެން މުވަައްޒަފުން ޝަކުވާ ކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
އެމްޕީއެލް އިން ބޮޑުކުރި އެލަވަންސް ނުދީގެން މުވަައްޒަފުން ޝަކުވާ ކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ އެލަވަންސް މިހިނގާ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ބޮޑުކުރިކަން އެންގުމަށްފަހު، ނިމިދޮޔަ ސެޕްޓެމްބަރު މަހުގެ މުސާރަ މިއަދު ދިން އިރު އެއެލަވަންސް މިއަދު ދީފައިނުވާކަމުގެ ޝަކުވާ، އެމްޕީއެލް ގެ ބައެއް މުވައްޒަފުން ކޮށްފިއެވެ.

ކުރިން އެމްޕީއެލް އިން ދެމުން އައީ ފުޑް އެލަވެންސްގެ ގޮތުގައި ދުވާލަކަށް 50 ރުފިޔާ އެވެ. އަދި ޑެއިލީ އެލަވަންސްގެ ގޮތުގައި 10 ރުފިޔާ ދީފައިވާއިރު، މިމަހުގެ އެކަކުން ފެށިގެން އެއެލަވަންސް 150 ރުފިޔާއަށް ބޮޑު ކުރިކަމަށް މިދިޔަ އާދީއްތަ ދުވަހު އެކުންފުނީގެ މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

އެމްޕީއެލްގައި ހިމެނޭ ދެ ހާހެއްހާ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރަ ހަދަނީ 20 އިން އަނެއް މަހުގެ 21 އަށެވެ. އެހެންކަމުން ބޮޑުކުރި ކަމަށް އެލަވަންްސް މިއަދު ދިން މުސާރައާއެކު މަދުވެގެން 20 ދުވަހަށް ލިބެން ޖެހޭނެ ކަމަށް ބުނެ އެތަނުގެ މުވައްޒަފުން ދަނީ ޝަކުވާ ކުރަމުންނެވެ. އަދި އެޝަކުވާތަކަށް އެކުންފުނީގެ އެޗްއާރް އިން ޖަވާބު ނުދޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން