ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޢައިޝާ ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ޢާއި ޖޭޕީން އަބަދުވެސް އިސްކަންދެނީ ޤައުމީ މަޞަލަހަތަށް ކަމަށެވެ. އަނީސާ ޖޭޕީ އަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި ޢައިޝާ ވަނީ އެގޮތުގައި ދެމިހުންނެވުމަށް އަނީސާގެ ކިބައިން އެދިވަޑައިގެންފައެވެ.