ތިލަފުށި ފަޅުގައި އޮތް ބާޖެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ތިލަފުށި ފަޅުގައި އޮތް ބާޖެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ


ތިލަފުށި ފަޅުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަމުން އެބަ ގެންދެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިއީ ކަންނެލި ގަނެ އައިސް ވިއްކުމުގެ މަސއްކަތްކުރާ ބާޖެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިބާޖުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7.53 ހައިއިރު ކަމަށާއި އެއިރު ބާޖުގައި ތިބި 20 މީހުން ފުލުހުންގެ އުޅަނދަކަށް ނަގާފައިވ ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މެންދުރު 1 ޖެހިއިރު 90 ނިއްވައިލެވިފައިވާ ކަމަށާއި 2.25 ހައިއިރު އެކުގައި ކޮންޓްރޯލުކުރެވިފައިވާ ކަމަށެވެ. އަދި އަލިފާން އެކުގައި ނިއްވަލުން ލަސްވަނީ ބާޖުގައި ގިނަ އަދަދަކަށް އެމޯނިއާ ގޭސް ހުރުމުން ކަމަށެވެ.
މިއަދު އޮންލައިން