ސްޕްރީމް ކޯޓުގެ ޙުކުމްތަކާ ދެކޮޅަށް ޓީވީ ޗެނެލްތަކުން މައުލޫމާތު ފަތުރާއިރު ބްރޯޑްކޮމް ގަދަ ނިދިން ނިދާފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސްޕްރީމް ކޯޓުގެ ޙުކުމްތަކާ ދެކޮޅަށް ޓީވީ ޗެނެލްތަކުން މައުލޫމާތު ފަތުރާއިރު ބްރޯޑްކޮމް ގަދަ ނިދިން ނިދާފަ-


ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމަށްވާ ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކާއި ދެކޮޅަށް، އެ ޙުކުމުގައި ވަނީ ދޮގުކަން ހާމަކުރަން ރާއްޖޭގެ ބައެއް ޓީވީ ޗެނެލްތަކުގެ ސްޓޫޑިއޯތަކަށް މީހުން އަރުވައިގެން މައުލޫމާތު ފަތުރަމުން ގެންދާއިރުވެސް ބްރޯޑްކޮމް ގަދަ ނިދިން ނިދާފައި އޮންނާތީ ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ސްޕްރީމް ކޯޓުގެ ޙުކުމަކާއި ދެކޮޅަށް މީހަކު ޓްވީޓެއް ކުރި ނަމަވެސް އެމީހަކާއިމެދު ސްޕްރީމް ކޯޓުން ގެންދަނީ ފިޔަވަޅު އަޅަމުން ކަމަށްވާއިރު ޓީވީ ޗެނެލްތަކުން މިފަދަ ކަންކަން ކުރާއިރު ބްރޯޑްކާސްޓަރުންގެ ބެލެނިވެރިޔާ "ބްރޯޑްކޮމް" ނިދާފައި އޮތުމުން އެކޮމިޝަނުގެ ޙާލަތު ރައްޔިތުންނަށް އެނގެމުންދާ ކަމަށެވެ.

ޢަލީ ޞާލިޙް މިމޭރުމުން ވިދާޅުވީ ވިލާ ގްރޫޕުގެ ޙައްޤުތަކަށް ރައީސް ޔާމީނުގެ ސަރުކާރުން އަރައިގަތް މައްސަލައިގައި ސްޕްރީމް ކޯޓުން ވަރަށް ސާފު ޙުކުމެއް އިއްވުމުން ވެސް ޗެނެލް 13 އިން ސްޕްރީމް ކޯޓުގެ ޙުކުމުގައިވާ ކަންކަން ދޮގުކޮށް މައުލޫމާތު ފަތުރަމުން ގެންދާތީއެވެ.



މިއަދު އޮންލައިން