ދުނިޔޭގަވާ ހުރިހާ މުއްސަނދި ކަމަކަށްވުރެ ލޯބިވާ ބައިވެރިއަކާއި، ދަރިން އަދި މައެއްގެ ލޯބީގެ އަގު މާބޮޑު: މުފްތީ މެންކް
"ދިރިއުޅުމުގެ އުފާވެރިކަން ޙާޞިލުކުރެވޭނީ ފައިސާވެރިކަމުން ކަމަށް ޤަބޫލުކުރެވޭނަމަ ތިބާގެ ވިސްނުން ގޯހެވެ.
ދިރިއުޅުމުގައި ޙަޤީޤީ އުފާވެރިކަމެއް ޙާޞިލުކުރެވޭނީ ސިކުނޑިއަށާއި ހަށިގަނޑަށް ހަމަޖެހުން ލިބިގެންނެވެ. އެކަން ކާމިޔާބު ކުރެވޭނީ ހިތް ސާފު ޠާހިރު ކުރުމުންނާއި، ތިމާދެކެ ޙަޤީޤީ ލޯބިވާނެ ފިރިއެއް ނުވަތަ އަންބަކާއި ތިމާ ދެކެ ޙަޤީޤީ ލޯބިވާނެ ދަރިންނާއި އަދި ތިމާ ދެކެ ޙަޤީޤީ ލޯބިވާނެ މައަކު ލިބުން ފަދަ ކަންކަމުންނެވެ. ދުނިޔޭގައިވާ ހުރިހާ މުއްސަނދިކަމެއް ލިބުނު ނަމަވެސް މިކަންކަމެއް ނުލިބޭނެއެވެ."
މިއީ މުތީ މެންކުގެ ބަސްކޮޅެކެވެ.
ބައެއް މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ތަނަވަސްކަން އިތުރުވުމުން ދުނިޔޭގެ ހުރިހާ އުފާތަކެއް ޙާޞިލުވީ ކަމަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވެވިއްޖެނަމަ ދުނިޔޭގެ ހުރިހާ އުފަލެއް ޙާޞިލުވީ ކަމަށެވެ. އެހެންކަމުން މުއަސަނދިކަން އިތުރުކުރަން މަސައްކަތް ކުރަން ހަދައިގެން އަނބިދަރިންނާއި މައިންބަފައިންނާއި އަޅާލައި ލޯބި ދިނުމުގައި ގިނަ ބައަކު ދަނީ ވަރަށް ބޮޑަށް އިހްމާލުވަމުންނެވެ.
މުފްތީ މެންމް ހާމަކުރައްވަވާފައި އެވަނީ އިސްލާމް ދީނުގައި އެކަން އޮތް ގޮތެވެ. އަދި ދުނިޔޭގައި އެކަންކަން ހިނގަމުންވެސް ދާގޮތެވެ.