ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ރޭ ހޯދައިފިއެވެ.
ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައިވަނީ ރޭ 23:14 ހާއިރުއެވެ.
މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި އިބްރާހީމް ޝަކީބް ހޯދުމުގެ މަސައްކަތަށް ވަނީ ފުރާފައެވެ. އިބްރާހީމް ޝަކީބް ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުން ހާބަރ ޕެޓްރޯލަށް ގައި މައްސަކަތް ކުރަމުން ދިޔަ މީހުންނަށް ފެނިފައިވަނީ ރޭ 23:39 ހާއިރުއެވެ.
އިބްރާހީމް ޝަކީބް ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންނެވެ.
މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި އިބްރާހީމް ޝަކީބް ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އިބްރާހީމް ޝަކީބަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.