ރާއްޖޭގެ އާބާދީގެ 8.3 އިންސައްތަ މީހުން ގައިގައި ހަކުރުބަލި ހުންނަކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފި
ރާއްޖޭގެ އާބާދީގެ 8.3 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ ޓައިޕް 2 އަށް ޑައިގްނޯސްވެފައިވާ މީހުންކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފި ކަމަށް ޕީއެސްއެމް ނިޔުސް ގައި ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިޔުސް އިން ބުނެފައިވަނީ ހަކުރު ބަލީގެ 2 ވައްތަރުކަމަށްވާ ޓައިޕް 1 އަދި ޓްއިޕް 2 ވެސް ރާއްޖޭގައި ހުރީ އެއްވަރެއްގައި ކަމަށް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓަރ ޑރ. އަލީ ޝިއާން ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭގައި ހަކުރުބަލި ހުރި މިންވަރު ދެނެގަތުމަށާއި ހަކުރުބައްޔަށް ހޭލުންތެރިކުރުވުމަށް ހެލްތް މިނިސްޓްރީންނާއި މޯލްޑިވްސް ޑައިބެޓިކް އެސޯސިއޭޝަނުން ގެންދަނީ ތަފާތު ޕްރޮގަރާމްތައް ހިންގަމުންނެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި ހަކުރުބަލި ފެތުރުން އިތުރުވަމުން ދަނީ ކެއުމުގެ އުޞޫލުތަކަށް ގެނެވިފައިވާ ބަދަލުތަކާއި ތައްޔާރީ ކާނާ ބޭނުންކުރުން އިތުރުވުމުންނާއި ކަސްރަތު ލިބޭ ފަދަ ކަންކަމާއި ދުރުހެލިވުމުންނެވެ. ހެލިފެލިވެ ހަރަކާތްތެރިވާ މަސަކަތް ކުރުމުގެ ބަދަލުގައި ގިނައިރު ގޮނޑީގައި އިށީނދެ އިނދެގެން މަސައްކަތް ކުރުމަކީ ވެސް ހަކުރުބަލި ފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެއްކަމަށް ދިރާސާތަކުން ދައްކައެވެ.
ރާއްޖޭގައި ހަކުރު ބަލި ފަދަ ގައިން ގައަށް ނަރާ ބަލިތައް އިތުރުވަމުންދާ މިނިްވަރާއިމދު ޑަބްލިޔޫއެޗްއޯ އިން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.
ޕީއެސްއެމް ނިޔުސް އިން:
ހަކުރު ބަލީގެ ޓައިޕް 2 އަކީ އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ބައްޔެކެވެ. އަދި ކުޑަކުދިންނަށް ޖެހޭ ހަކުރު ބަލީގެ ޓައިޕް 1 އަކީ ދުނިޔޭގެ ނިސްބަތުން މަދު ވައްތަރެކެވެ.
ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެބަލި ހުންނަކަން ނޭންގޭ މީހުންކަން ފާހަގަކުރައްވައި ޑރ. ޢަލީ ޝިއާން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖޭގެ ޒުވާނުންނަށްވެސް ހަކުރުބަލީގެ ޓައިޕް 2 ޖެހެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ގައިންގަޔަށް އަރާ ބަލިތަށް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ސަމާލުވުން މުހިންމުކަމަށް ޑރ. ޢަލީ ޝިއާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެފައިވާ ހަކުރު ގިނަ ކެއިންބުއިމުގެ ބާވަތްތައް ރެސްޓޯރެންޓްތަކުންނާއި ގޭގެ ސުފުރާމަތިން ފެންނަމުންދާ ސިއްހަތު ރަނަގަޅުނޫން އާދަޔާ ޚިލާފު ހަކުރު ގިނަ ކެއުމުގެ ބާވަތްތަކުން ކުޑަކުދިންނާއި ޒުވާނުން ދުރުކުރުން މުހިއްމު. އަލާމާތްތައް ފެނުމުގެ ކުރިން ސިއްޙަތު ހުރީ ކިހިނެއްތޯ ދެނެގަތުން މުހިއްމު." ޑރ. އަލީ ޝިއާން ވިދާޅުވިއެވެ.
ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ޑިއިބިޓީސް ސޮސައިޓީން ޙާއްޞަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އެސޮސައިޓީން މައުލޫމާތުދެއެވެ. މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރު ބައްޔާއި އާއިލާ" އެވެ.