ޑައާނާއާ ކައިވެނިކުރީ ވެސް މިހެދެނީ ގޯހެއްކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހުރެ: ޗާރލްސް
ޑައާނާ އާ ކައިވެނިކުރީ ވެސް މިހެދެނީ ވަރަށް ބޮޑު ގޯހެއްކަމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހުރެ ކަމަށް އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާރލްސް ވިދާޅުވެއްޖެއެވެ.
ޕްރިންސް ޗާރލްސް ވިދާޅުވީ 750 މިލިއަން ޕައުންޑް ޚަރަދުކުރި ކައިވެންޏަށް އެންގޭޖް ވުމުގެ ރަސްމިއްޔާތުން ވެސް އަދި ކައިވެނީގެ ހަފްލާއިންވެސް ނުކުމެވަޑައިގަންނަވަންވެސް ބޭނުންފުޅުވި ކަމަށާއި ނަމަވެސް ޢާއިލާގެ ނިންމުމަށް އިޙްތިރާމް ކުރެއވީ ކަމަށެވެ.
މިވާހަކަތައް ހާމަކޮށްފައިވަނީ ޝާހީ ޢާއިލާއަސް ވަފާތެރިއެއްގެ ގޮތުގައި 30 އަހަރުވަންދެން ޚިދުމަތްކޮށްފައިވާ ރޮބަރޓް ޖޮބްސަން، 18 މަސް ދުވަސް ހޭދަކޮށްގެން ޗާރްލްސްގެ ހަޔާތާއިމެދު ލިޔެފައިވާ ފޮތަށް ޗާރލްސް ދެއްވި މައުލޫމާތުގައެވެ.
ޗާރލްސް ވަނީ ޑައަނާއާއި ކައިވެނިކުރައްވައިގެން 15 އަހަރު ހޭދަ ކުރައްވައިފައެވެ. ޗާރލްސްގެ ކައިވެނި ޑައާނާއަށް ހުށަހެޅީ 3 ފެބްރުއަރީ 1981 ގައެވެ. ޑައާނާ އެކަން ޤަބޫލުކުރެއްވީ އެއީ ޤަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ ހުށަހެޅުމެއް ކަމަށް ޤަބޫލުފުޅު ކުރައްވައިގެންނެވެ. ދެކަނބަލުންގެ ކައިވެނި ކުރެވުނީ ވެސް ހަމަ އެ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.
ޗާރްސް ވިދާޅުވެފައިވަނީ ޑއާނާ ފެނިވަޑައިގެންނެވި ކޮންމެ ފަހަރަކު ކުރެއްވެވުނީ ބޮޑު ކުށުއްކަން ވިސްނިވަޑައިގަންނަވަމުން ދިއަ ކަމަށެވެ.
ޗާރލްސް ވިދާޅުވީ ދެ ދަރިކަލުން ވިލިއަމް އާއި ހެރީ، މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށާއި މިހާރުވެސް މަންމަގެ ހަނދާންތައް ކުރަމުން ގެންދާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ޑައާނާ މެދު ޗާރލްސް އާއި ޝާހީ ޢާއިލާގެ މެދުގައި ޚިޔާލު ތަފާތުވާން ފެށީ ޑައާނާ ކުރައްވަން ފެށްޓެވި އިޖުތިމާޢީ ޚިދުމަތްތަކުގެ ސަބަބުން ޗާރލްސްއަށްވުރެ ޑައާނާގެ މަޤްބޫލުކަން އިތުރުވާން ފެށުމުން ކަމަށެވެ.