ދެ ކިޑްނީ ފޭލްވެފައިވާ ޢަރަބިއްޔާ ސްކޫލުގެ ޓީޗަރަކަށް އެހީތެރިވާން މާދަމާ ޕްރޮގަރާމެއް ހިންގަން ނިންމައިފިއެވެ.
މަދީނާގައި ކިޔަވާ ވިދާޅުވަން ހުންނަވަނިކޮށް ކިޑްނީ މައްސަލަ ކުރިމަތިވެވަޑައިގަތުމުން ރާއްޖެވަޑައިގެން ޢަރަބިއްޔާ ސްކޫލުގައި ކިޔަވައިދެއްވަމުން ގެންދަވާ އުސްތާޛް ބިލާލް ޢަބްދުއްސަތާރުގެ 2 ކިޑްނީ ވެސް މިހާރު ވަނީ ފެއިލްވެފައެވެ. ގެންދަވަނީ އޮޕަރޭޝަނަށް ބޭނުންވާ މާލީ ތަނަވަސްކަން ނެތުމުގެ ވޭން އުފުއްލަވަމުންނެވެ.
އެހެންކަމުން އުސްތާޛް ބިލާލް ޢަބްދުއްސަތާރަށް މާލީ ގޮތުން އެހީތެރިވެދިނުމަށް އެސްކޫލުގެ ބެލެނިވެރިން އިސްނަގައިގެން މާދަމާ ޚާއްޞަ ހަރަކާތްތަކެއް ކުރިއަސް ގެންދަން ވަނީ ނިންމައިފައެވެ. މިހަރަކާތްތައް ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 9.30 އިން ފެށިގެން އިރުއޮއްސެންދެން އެ ސްކޫލުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
Arabiyya ge teacher eh kamugaivaa Uz Bilaal Abdul Sattar ge kidney transplant hedhumah eheetherikameh dhevvun edhen. pic.twitter.com/ii52DTgrrQ
— Dr Mohamed Iyaz (@dr_iyaz) October 27, 2018