އިންތިޚާބީ ރައީސް ހުވާކުރައްވާ ދުވަސް ކަނޑައެޅުމާ ރައީސް ނަޝީދުގެ މައްސަލަ އާ އަބުރުގެ ޤާނޫނާ އެންޓި ޑިފެކްޝަންގެ ޤާނޫނު އުވާލުން މާދަމާއަށް އެޖެންޑާ ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންތިޚާބީ ރައީސް ހުވާކުރައްވާ ދުވަސް ކަނޑައެޅުމާ ރައީސް ނަޝީދުގެ މައްސަލަ އާ އަބުރުގެ ޤާނޫނާ އެންޓި ޑިފެކްޝަންގެ ޤާނޫނު އުވާލުން މާދަމާއަށް އެޖެންޑާ ކޮށްފި

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ދުވަސް ކަނޑައެޅުމާއި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޤަރާރުގެ މައްސަލަ އާއި އަބުރުގެ ޤާނޫނާއި އެންޓި ޑިފެކްޝަންގެ ޤާނޫނު އުވާލުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ދުވަސް ކަނޑައެޅުމުގެ މައްސަލަ މޖިލީހަށް ހުށަހަޅުއްވާނީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޤަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. އަބުރުގެ ޤާނޫނު އުވާލަން ހުށަހެޅުއްވީ ގުޅިފައިވާ ކޯލިޝަނުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދުއެވެ. އެންޓި ޑިފެކްޝަންގެ ޤާނޫނު އުވާލަން ހުށަހެޅުއްވީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑިޕިޔުޓީ ލީޑަރު ރިޔާޟް ރަޝީދު އެވެ.
މިއަދު އޮންލައިން