ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން: މުއިއްޒު

ކިޔުމަށް ހޭދަވާނީ 1މ 4ސ
ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން: މުއިއްޒު
ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު އެގޮތަށް ވިދާޅުވީ ބްރިޖް މަސައްކަތަށް އެޅި ވަގުތީ ބްރިޖްގެ ބައިތައް ނެގުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ބްރިޖްގެ ބައެއް ލޭންތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއުލާން ކޮށްފައި ވަނިކޮށް، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

''ބްރިޖް ގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ނުދެން'' މިގޮތަށް މުއިއްޒު ޓްވީޓް ކުރެއްވި އިރު، ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނެފައިވަނީ ޕްލެޓްފޯމްގެ ބައިތައް ނެގުމަށްޓަކައި ބްރިޖްގެ އުތުރު ފަރާތުގެ ބައެއް ލޭންތައް ބަންދު ކުރަންޖެހޭ ކަމަށެވެ.

އެ މަސައްކަތަކީ ބިޔަ ބުރަ މަސައްކަތެއްކަން އެ ކުންފުނީގެ ޗެއާރމަންގެ ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު، މިނިސްޓްރީން ހުއްދަ ނުލިބި ލަސްވުމަކީ މަސައްކަތް ދިގުދެމި ގޮސްފާނެ ކަމެކެވެ.




މިއަދު އޮންލައިން