ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހާގެ މެއަށް ހަމަލާދިނުމުގެ ސަބަބުން، އޭނާގެ ހާލު ސީރިއަސް ކަމަށް ބެލެވެއެވެ.
އެމީހާގެ ތަފްސީލެއް އަދި ލިބިފައި ނެތް ނަމަވެސް، އޭނާއަށް ފަރުވާ ދިނުމަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ ގެންދިޔައިރުވެސް ހަށިގަނޑުން ލޭ ފައިބަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދޭން ސައިކަލުގައި އައި ދެމީހުން ވަނީ ހަމަލާ ދިނުމަށް ފަހު އެސަރަޙައްދުން ފިލާފައެވެ. ފުލުހުން ދަނީ މިހާރު އެސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.