މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައި ތަފާތު ހުވަފެންތައް ދައްކަމުން ގެންދާ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މަޖިލީހުގެ ރައީސްކަން ލިބުނު ނަމަވެސް މެންބަރުންގެ މުސާރަ ބޮޑު ނުކުރެވޭނެކަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމްދު ނިހާން ހާމަކުރައްވައިފިއެވެ.
މަޖިލިސްކުރާގޭ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން މިއަދު ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މިހާރު ތިބި މެމްބަރުންގެ މުސާރަ ކަނޑައަޅަން ޖެހޭނީ ދެން އޮންނަ މަޖިލީހެއްގައެވެ. އެހެންކަމުން މިހާރުގެ މަޖިލީހުން، އެހެން މަޖިލީހެއްގެ މުސާރަ ކަނޑަ ނޭޅޭނެ ކަމަށެވެ.
ނިހާން ވިދާޅުވީ މެމްބަރުންގެ މުސާރަ ބޮޑު ކުރަން އެއްވެސް އިރެއްގައި ތާއީދު ނުކުރައްވާނެ ކަމަށެވެ. އެގޮތުން މުސާރައިގެ ކަންތަކުގައި އެންމެ ފުރަތަމަ މިނިޓުގައި ވެސް ތާއީދު ނުކުރައްވާ ކަމަށާއި ފަހުން ވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ.
އަދުރޭ ބުނެފައިވަނީ މަޖިލީހުގެ ރައީސްކަން އޭނާއަށް ލިބިއްޖެ ނަމަ މެންބަރެއްގެ މުސާރަ މަހަކު 150000 (ދޮޅު ލައްކަ) ރުފިޔާއަށް ބޮޑުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދަދަށް ބަލައިފިނަމަ މެނަބަރަކަށް ދުވާލަކު މުސާރައިގެ ގޮތުގައި 5000 ރުފިޔާ ލިބޭނެއިރު ސިވިލް ސަރވިސްގެ 50 އިންސައްތަ މުވައްޒިފުންނަށް މަހަކު ލިބެނީ 5000 ރުފިޔާކަން ފާހަގަކޮށް ސިވިލް ސަރވިސްގެ މުވައްޒިފުން ގެނަދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.